ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެއާޕޯޓް ކާގޯ ޑިޕާޓްމަންޓުން 22 މީހުން ޕޮޒިޓިވްވެއްޖެ

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓްގައި މަަސައްކަތް ކުރަމުންދާ 22 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނީ އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން ފުރަތަމަ މީހަކު ޕޮޒިޓިވްވީ މި މަހުގެ ފަސްވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން މި މަހުގެ 12 ވަނަ ދުވަހު އިތުރު ފަސް މީހަކު ޕޮޒިޓިވްވިއެވެ. އަދި 13 ވަނަ ދުވަހު ހަ މީހަކު 14 ވަނަ ދުވަހު ހަތް މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. 15 ވަނަ ދުވަހުވެސް ތިން މީހަކު ޕޮޒިޓިވްވިއެވެ.

އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 22 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އެޗްއީއޯސީން ބުނީ ބޮޑުކްލަސްޓާއަކަށް އެއާޕޯޓްގެ ކާގޯ ޑިޕާޓްމަންޓް ވެފައިވާ ކަމަށެވެ. ޕޮޒިޓިވް ކޭސްތަކާއި ގުޅިގެން 27 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ. އަދި ކޮވިޑްގެ ބަލި މީހުން ތިބިތޯ ބެލުމަށް އިތުރު 136 ސާމްޕަލެއް މިއަދު ވަނީ ނަގާފައެވެ.

އެއާޕޯޓަކީ މީގެ ކުރިންވެސް އެންމެ ގިނަ މުވައްޒިފުން ޕޮޒިޓިވްވީ އެއް ތަނެކެވެ.

ރާއްޖެއިން މިހާތަނަށް 12,204 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރެއިން 11،289 މީހުން ވަނީ ރަނގަޅުވެފައެވެ. އެއީ ބަލި ޖެހުނު މީހުންގެ 93 އިންސައްތައެވެ. މިހާތަނަށް ކޮވިޑް ބަލީގައި 43 މީހަކު ވަނީ މަރުވެފައެވެ. މިއަދުވެސް އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވެއެވެ.