ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ކޮވިޑްގެ އިތުރު މަރެއް، ނަންބަރު 45 އަށް

ކޮވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ. ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 72 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެޗްޕީއޭއިން ބުނީ އެ މީހާ މަރުވީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ. އެ މީހާ މަރުވީ އިރުއޮއްސި 6:36 ގައެވެ. އެމީހާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ މަރުވި ފަހުންނެވެ.

މިއީ މިދިޔަ 48 ގަޑިއިރުގެ ކޮވިޑްގައި މަރުވި ތިންވަނަ މީހާއެވެ. ރޭ ކޮވިޑްގައި މަރުވީ 52 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ މީހާ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. އިއްޔެ ހެނދުނު ވެސް ވަނީ 79 އަހަރުގެ ދިވެހި އަންހެނެއް އެ ބަލީގައި މަރުވެފައިވެ އެވެ. މި ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޑްގައި ތިން މީހަކު ވަނީ މަރުވެފައެވެ.

އެޗްއީއޯސީން ބުނީ ކޮވިޑްގައި ގިނައިން މަރުވެފައިވަނީ ވަރަށް ގިނަ ދުވަހު އެޑްމިޓްކޮށް ފަރުވާ ދިން މީހުން ކަމަށެވެ. އަދި މަރުތައް އިތުރުވުމަކީ އެ ވަގުތަކު ކޮވިޑްގެ ހާލަތު އޮތް މިންވަރާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 12,204 އެވެ. މިދިޔަ 24 ގަޑިއިރަކީ މި ފަހުން ކޮވިޑަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ 24 ގަޑިއިރެވެ. މިދިޔަ 24 ގަޑިއިރުތެރޭ 110 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.