ދުނިޔެ

ޓިގްރޭ ވަށާލައި 72 ގަޑިއިރުދީފި

Nov 23, 2020

އިތިއޯޕިއާގެ މައި ސަރުކާރާ ދެމެދު އަރައިރުންތައް އުފެދިފައިވާ ޓިގްރޭއަށް އިތިއޯޕިޔާއިން 72 ގަޑިއިރު ޓިގްރޭގައި ވެރިކަންކުރާ ޓިގްރޭ ޕީޕަލްސް ލިބަރޭޝަން ފްރަންޓަށް ދީފި އެވެ.

ބޮޑު ވަޒީރުގެ ހުއްދައާއެކު އަމާން ދިނުމަށް މުހުލަތެއް މައި ސަރުކާރުން ދިން އިރު ސިފައިން ވަނީ ތިބީ ޓިގްރޭގެ ވެރިރަށް މެކެލޭ ވަށައި ބައްދާލަފަ އެވެ. އަދި ޓިގްރޭގައި ގާއިމުވެފައިވާ ސަރުކާރުން އަމާން ނުދީފިނަމަ ހަތިޔާރުގެ ބޭނުންކޮށް ފުރިހަމަ ބާރާއެކު އަރައިގަންނާނެ ކަމުގެ އިންޒާރު ވެސް މައި ސަރުކާރުގެ ސިފައިން ދީފައި ވެއެވެ.

މައި ސަރުކާރުގެ އަސްކަރިއްޔާގެ ތަރުމާނަކު ވިދާޅުވީ ވެސް ވަނީ ޓިގްރޭ އިން އަމާން ދިނުމާއެކު އަމިއްލަ ނަފުސުގެ ރައްކާތެރިކަން ހޯދަން އެދޭ ކަމަށެވެ. އެހެން ނޫންނަމަ ހަތިޔާރާއި ޓޭންކްތައް ބޭނުން ކޮށްގެން ކުރާ ހަނގުރާމައެއް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައި ވެއެވެ.

ގާތްގަނޑަކަށް ފަސް ލައްކައެއްހާ މީހުންގެ އާބާދީއެއް އޮންނަ ޓިގްރޭގެ މައްސަލާގައި މައި ސަރުކާރުން އަމަލުތައް ބައްޓަން ކޮށްފައިވާ ގޮތުން "ހިއުމަން ރައިޓްސް ވޮޗް" އިން ދަނީ ފާޑުކިޔާ ނުރުހުން ފާޅު ކުރަމުންނެވެ.