އެޑްވަޓޯރިއަލް

ގްރޫޕް ހެލްތު އިންޝުއަރެންސް - ވިޔަފާރިތަކަށް

Nov 26, 2020

ހެލްތް އިންޝުއަރަންސް އަކީ ކޮންމެ ކުންފުންޏެއްގެ މަސައްކަތްތެރިންނަށް ވެސް މުހިންމު އަދި ވަޒީފާގެ އެއްބަސްވުމާއެކު ހިމެނުން ލާޒިމް އެއްޗެއްގެ ގޮތުގައި ބެލެވިފައިވާ ހިދުމަތެކެވެ. އެގޮތުން، ވަޒީފާ ދޭ ފަރާތެއްގެ ހައިސިއްޔަތުން އެންމެންގެ ޖީބަށް ލުއި ފައިދާ ހުރި ޕްލޭނެއްގެ މައުލޫމާތު އަލަށް ހޯދާނަމަ ފުރަތަމަ ވެސް ކުރެވޭ ސުވާލަކީ މުވައްޒަފުންނަށް ހެލްތް އިންޝުއަރަންސް ފޯރުކޮށް ދޭން ކިހާ ފައިސާއެއް ހަރަދެއް ވާނެ ހެއްޔެވެ؟

ގްރޫޕް ހެލްތު އިންޝުއަރަންސް އަކީ ކޮބާ؟

ގްރޫޕް ހެލްތް އިންޝުއަރަންސަކީ ކުންފުންޏަކުން އެތަނެއްގެ މުވައްޒަފުންނާއި މުވައްޒަފުންގެ "އިމީޑިއޭޓް ފެމެލީ" މެމްބަރުންގެ ސިއްހީ ފަރުވާގެ ހަރަދުތައް ކަވަރުކުރުމަށް ހުރިހާ މުވައްޒަފުން ހިމެނޭގޮތަށް ގަންނަ އިންޝުއަރަންސް ހިދުމަތަކަށް ކިޔާ ނަމެވެ. "އިމީޑިއޭޓް ފެމެލީ" ގައި މާނަ ކުރާނީ އާއްމު ގޮތެއްގައި އަނބިންނާއި ދަރިން އެކަންޏެވެ.

ދެހާސް ނުވަ ވަނަ އަހަރު ދިވެހި ރާއްޖޭގެ އިންޝުއަރަންސް މާކެޓުގައި ޖުމްލަ ގޮތެއްގައި މިފަދަ އިންޝުއަރަންސެއް ނެގުމަށް ކުންފުނިތަކުން މުވައްޒަފަކަށް ހޭދަކޮށްފައިވަނީ އަހަރަކަށް 3500 ދިވެހި ރުފިޔާ އެވެ. މި އަދަދު ހޭދަކޮށްގެން އަހަރަކަށް 150،000ރ.ގެ ލިމިޓަކާއި ހަމަޔަށް މުވައްޒަފުގެ ސިއްހީ ހަރަދުތައް އިންޝުއަރަންސްގެ ތެރެއިން ކުންފުނި ތަކުން ބަލަހައްޓާފައިވެއެވެ.

ދެހާސް ނަވާރަ ވަނަ އަހަރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 200 މުވައްޒަފުން ހިމެނޭ ކުންފުންޏެއްގެ ގްރޫޕް ހެލްތް އިންޝުއަރަންސް ޕްލޭނެއް މެދުވެރިކޮށް ސިއްހީ ހަރަދުތައް ޔަގީންކުރުމަށް ކުންފުނިން ކޮންމެ މުވައްޒަފަކަށް 3500ރ ހޭދަކުރާ އިރު ވަކި ވަކި ފަރުދުންގެ ހާއްސަ ހެލްތް އިންޝުއަރަންސް ގެ އަގުހުރި މީހަކަށް އަހަރަކު 11241ރ ގައެވެ. މިހެންކަމުން ކުންފުނިތަކުން މުވައްޒަފުންގެ ހެލްތް އިންޝުއަރަންސް ހަމަޖައްސައިދިނުމަކީ ހުރިހާ ފަރާތަކަށް ވެސް މި ހިދުމަތް އަގުހެޔޮ ވެގެން ދާނޭ ކަމެއްކަން ސާބިތުވެ އެވެ.

އިންޝުއަރެންސުގެ އަގު ބޮޑު ވަނީ ކީއްވެ؟

އާންމު ގޮތެއްގައި ގްރޫޕް ހެލްތް އިންޝުއަރަންސްގައި ކޮންމެ މުވައްޒަފަކަށް ކަނޑައެޅިފައިވާ ޕްރިމިއަމް ރޭޓަކީ އަހަރުން އަހަރަށް އިތުރުވެ އެވެ. ސަބަބަކީ އިންޝުއަރަންސް މަސައްކަތްކުރާ ގޮތަށް ބަލާއިރު، އިންޝުއަރަންސްގެ ޕްރިމިއަމް ރޭޓް ކަނޑައަޅާނީ ފާއިތުވެ ދިޔަ އަހަރުގެ ކްލެއިމް އަދަދުތަކަށް ބެލުމަށްފަހު ކަމުގައި ވާތީ އެވެ.

ހެލްތް އިންޝުއަރަންސް ކާޑް ލިބުމުން މުވައްޒަފުން ސިއްހީ ހިދުމަތް ހޯދާ މިންވަރު އިތުރުވެ އެވެ. މިކަމުގެ ސަބަބުން ކުންފުނިތަކުގެ އެޗް.އާރް މެނޭޖަރުންނަށް އިންޝުއަރަންސް ޕޮލިސީ އާ ކުރުމުގައި ގިނަ ތަކުލީފުތަކާއި ކުރިމަތިލާން ޖެހެ އެވެ. އެއީ ކުންފުނި ތަކުން އާ އަހަރަށް ހަދާ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށް ވުރެ މުވައްފުންގެ ގްރޫޕް އިންޝުއަރަންސަށް ހޭދަކުރަން ޖެހޭ މިންވަރު އިތުރުވެގެން ދާތީ އެވެ. މިއީ ކޮންޓްރޯލް ނުކުރެވޭނެ އަގުތަކެއް ކަމުގައި ވީނަމަވެސް ޕްރިމިއމް ރޭޓްތައް ތިރިކޮށް ކްލެއިމް މަދުކުރުމަށް ކުރެވިދާނެ ކަންތައްތައް ހުރެ އެވެ.

ގްރޫޕް އިންޝުއަރަންސް އަގު ކަނޑައެޅުގައި ބަލާ ކަންކަން

  • އިންޝުއަރަންސް ހިދުމަތް ދޭ ފަރާތް
  • ހިޔާރުކުރައްވާ އިންޝުއަރަންސްގެ ބާވަތް
  • ޕްލޭނުގައި ހިމެނޭ ރަޖިސްޓްރީ ކުރެވިފައިވާ ސިއްހީ ހިދުމަތްދޭ ތަންތަން
  • އިންޝުއަރަންސް ޕްލޭނުގެ ސިފަތައް (މިސާލު: ޑިޑަކްޓިބަލް، ކޯ-ޕޭމަންޓް އަދަދު ފަދަ ކަންކަން)
  • މަސައްކަތްތެރިންގެ އުމުރު (މިއީ ރިސްކް ޕޫލް ހޯދުމަށް އެއްކުރާ މައުލޫމާތެއް. ރިސްކް ޕޫލްގެ ގޮތުގައި ބެލެވެނީ އުމުރުން ދުވަސްވުމުގެ ސަބަބުން ބަލިތަކަށް ހުށައެޅުމުގެ ފުރުސަތު ބޮޑު ފަރާތްތައް. ކުންފުންޏެއްގެ މަސައްކަތްތެރިންގެ ތެރޭގައި ރިސްކް ޕޫލްގެ ގޮތުގައި ބެލޭވޭ އިންސައްތަ އިތުރު ނަމަ މިއީ ޕްރިމިއަމް ބޮޑު ވެދާނެ ސަބަބެއް)
  • ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކްލެއިމް ބެލެހެއްޓުން

ހެލްތް އިންޝުއަރަންސް އޮންލައިންކޮށް ނެގޭ

ރާއްޖޭގައި އިންޝުއަރެންސް ފޯރުކޮށްދޭ، އެލައިޑް ގްރޫޕް ހެލްތް އިންޝުއަރަންސް ފޯރުކޮށްދެމުން އަންނަނީ ރާއްޖޭގެ އެންމެ ފުރަތަމަ ޑިޖިޓަލް ހެލްތް ކްލައިމް ހިދުމަތާއި އެކުގަ އެވެ. އެގޮތުން އެލައިޑް ހެލްތް އިންޝުއަރަންސް ނަގާފައިވާ ކުންފުންޏެއްގެ މުވައްޒަފެއްނަމަ، އެލައިޑް އޮންލައިން ޕޯޓަލް މެދުވެރިކޮށް އަމިއްލަޔަށް ކްލެއިމް ހުށައެޅުމާއި ހުށައަޅާފައިވާ ކްލެއިމް ރިކުއެސްޓްތަކުގެ ސްޓޭޓަސް ބޭނުން އިރަކު ބަލާލެވެ އެވެ.

ކުރިއާ ހިލާފަށް މިހާރު ކުންފުނިތަކުގެ އެޗްއާރު މެނޭޖަރުން ކުރަންޖެހޭ މަސައްކަތް ބޮޑު ތަނުން ކުޑަ ވެއްޖެއެވެ. ކުރީގައި ނަމަ ހުރިހާ މުވައްޒަފުންގެ މިފަދަ ރިކުއެސްޓުތައް ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުން ހަމަކޮށް، ރީއިމްބަސްމަންޓް ފޯމު ފުރާ މުވައްޒަފުންނަށް ކްލެއިމް ފައިސާ ހޯދާދިނުމަށް ހޭދަވާ މުއްދަތު މަސްދުވަހަށް ވުރެ ގިނަވެގެންދެ އެވެ.

އަމިއްލަ އަށް ކްލެއިމް ކުރާ އުސޫލާއިއެކު މުވައްޒަފުންނަށް ބޭސްފަރުވާގެ ހަރަދުތަކާއި މެދު ހޭލުންތެރިކަން އިތުރުވެގެން ދާނެ އެވެ. މެޑިކަލް ސެޓްފިކެޓެއް ހައްދާލުމުގެ ނިޔަތުގައި ހޮސްޕިޓަލަށް ދާ ފަރާތްތަކަށް މިފަދަ މައުލޫމާތު އިނގޭ މިންވަރަކުން މި ކަހަލަ ނޭދެވޭ ކަންކަމުން ދުރުހެލިވުމުން ކުންފުނިން ޕްރިމިއަމް ދެއްކުމަށް ހޭދަކުރާ މިންވަރު ދަށްވެ އެވެ. ކްލެއިމް ކުރާ އަދަދުތައް ތިރި ކުރާ މިންވަރަކުން ގްރޫޕް ހެލްތް އިންޝުއަރަންސް އަހަރުން އަހަރަށް މައްޗައް ދިޔުން ދައްކުރެވިދާނޭ ބުނެވެނީ މިދެންނެވި ސަބަބާ ހެދި އެވެ.

މުވައްޒަފުން އަހުލުވެރި ކުރުން- އިންޝުއަރެންސު ހަރަދު ކުޑަވާނެ

މަސައްކަތުގެ މައިދާނުގައި ކުންފުނިތަކުން ހެލްތް އިންޝުއަރަންސް ފޯރުކޮށްދިނުމަށް ކޮންމެ މަސައްކަތްތެރިއަކު ވެސް އުއްމީދު ކުރާއިރު، މިއީ ކުދި ވިޔަފާރިތަކަށް ބޮޑު ހަރަދެއްގެ ގޮތުގައި ބެލެވިފައިވާ ކަމެކެވެ. މިހަރަދު ކުޑަ ކުރެވޭނެ މަދު ގޮތް ތަކެއް ކަނޑައެޅިފައި ވާއިރު، އޮންލައިންކޮށް ކްލެއިމް ކުރުމުގެ ފުރުސަތު މުވައްޒަފުންނަށް ފަހިކޮށްދިނުމުން އަމިއްލަ ހަރަދުތަކާއި މެދު ޒިންމާދާރުވުމަށް ދަސްކޮށްދެވެ އެވެ. މިހާރުގެ މަސައްކަތްތެރިން ހަމަ ގައިމު ވެސް ބަލައިގަންނާނެ މި ފަސޭހައަކީ އެ މީހެއްގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅޭގޮތުން އިންޝުއަރަންސް ޕްލޭންގެ ކަންކަން ވެސް ބެލެހެއްޓުމަށް ދެވޭ ބާރުވެރިކަމެކެވެ.