މޯލްޑިވިއަން

މޯލްޑިވިއަންއާ ގުޅޭގޮތުން ފަތުރަނީ ދޮގެއް

މޯލްޑިވިއަންގެ ފްލައިޓްތައް ކެންސަލްވި ކަމަށް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުންދާ ވާހަކަތަކަކީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ކުންފުނިން ބުނީ ފްލައިޓްތައް ކެންސަލްވި ކަމަށް ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން ދާ ޕޯސްޓަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމަށެވެ. އަދި ދަތުރުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ އެކަން އަންގަމުންދާނެ ކަމަށެވެ.

އެއާޕޯޓް ކާގޯގައި މަސައްކަތް ކުރާ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން މޯލްޑިވިއަންގެ ހުރިހާ ފްލައިޓެއްގެ ދަތުރުތައް ކެންސަލްކޮށް އޮޕަރޭޝަން ހުއްޓާލާފައިވާ ކަމަށް ބުނެ ވާހަކަތައް ދަނީ ފެތުރެމުންނެވެ. އެ ވާހަކަތައް ފެތުރެން ފެށީ އެއާޕޯޓްގެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެފައިވަނިކޮށެވެ. މިހާތަނަށް 102 މީހަކު އެއާޕޯޓުން ވަނީ ޕޮޒިޓިވްވެފައެވެ.