ހަބަރު

އިންޑިއާ ސިފައިންގެ އަދަދު ނުބުނި މައްސަލަ ހައިކޯޓަށް

ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަ ނުކުރަން ޑިފެންސް މިނިސްޓްރީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އިންފޮމޭޝަން ކޮމިޝަނަރު ނިންމެވުމުން އެ މައްސަަ ހައިކޯޓުގައި އިސްތިއުނާފު ކުރަން ހުށަޙަޅައިފި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ އަދަދާއި އެމީހުނަށް ދައުލަތުން ކުރާ ހަރަދުގެ ތަފްސީލު ހޯދަން ޑިފެންސް މިނިސްޓްރީގައި އެދުނީ އަމިއްލަ ފަރާތަކުންނެވެ. ނަމަވެސް އެ މައުލޫމާތު ހިއްސާ ކުރުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ފަދަ ކަމެއް ކަމަށް ބުނެ އެމްއެންޑީއެފުން އެ މައުލޫމާތެއް ނުދެ އެވެ.

އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅުމުން ކޮމިޝަނަރު ވަނީ އެ މައުލޫމާތު ހާމަ ނުކުރެވޭނެ ގާނޫނީ ހުއްޖަތެއް ޑިފެންސުން ހިއްސާކޮށްފައިވާ ކަމަށާއި އެ ހުއްޖަތަކީ ބަލައިގަނެވޭނެ ހުއްޖަތަކަށްވާތީ އެ މައުލޫމާތަކީ ހިއްސާ ކުރެވޭނެ މައުލޫމާތެއް ނޫން ކަމަށް ނިންމަވާފަ އެވެ.

އެ ނިންމުމާމެދު ހިތަހަމަ ނުޖެހޭތީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކުރުމަށް އިއްޔެ ވަނީ ހުށަހަޅާފަ އެވެ.