ހަބަރު

މަކަރާއި ހީލަތް ހެދި މީހަކު ހޯދަން އާންމުންގެ އެހީއަށް

މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އާންމުންގެ އެހީތެރި ކަމަށް ފުލުހުން އެދެފި އެވެ.

ފުލުހުން ބުނީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހަކު ކަމަށެވެ.

ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކޮން މީހެއްކަން އެނގިފައިނުވާ ކަމަށާއި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.