ޑޮނަލްޑް ޓްރަމްޕް

ކުރީގެ އެޑްވައިޒަރަށް ޓްރަމްޕް މާފުދެއްވައިފި

Nov 26, 2020

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް، އެ މަނިކުފާނުގެ ކުރީގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރުކަން ކުރެއްވެވި މައިކަލް ފްލިންއަށް މާފު ދެއްވައިފި އެވެ.

ރައީސް ޓްރަމްޕް ވިދާޅުވީ ފްލިންއަށް މާފެއް ދީ އެކަން އިއުލާން ކުރުމަކީ ލިބި ވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ. އަދި އެ މަނިކުފާނުގެ ފަރާތްޕުޅުން ފްލިންއަށާއި އޭނާގެ އާއިލާއަށް މަރުހަބާ ދަންނަވާ ކަމަށެވެ.

ދައުރު ހަމަ ކުރައްވާ ޓްރަމްޕް ވައިޓް ހައުސް އިން ނުކުމެ ވަޑައިގަންނަވާއިރު 20 ބޭފުޅަކަށް ޓްރަމްޕް މާފު ދެއްވަން ވަނީ ނިންމަވާފަ އެވެ. ފްލިންއަށް މާފު ދެއްވި އިރު އޭނާގެ ޝަރީއަތް އަދި އޮތީ ވެސް ނުނިމި އެވެ.

ރަޝިޔާ އެމްބެސެޑަރު ސަރްގޭ ކިސްލްޔަކްއާއެކު 2016 ވަނަ އަހަރު ފްލިން ބޭއްވެވި ބައްދަލުވުމާ އެފްބީއައިއަށް ދޮގު މައުލޫމާތު ދެއްވފައިވާ ކަމަށް 2017 ވަނަ އަހަރު ފްލިން ވަނީ އިއުތިރާފުވެވަޑައިގެންފަ އެވެ.