ހަބަރު

ޕިކަޕެއްގައި ރޯވެ ގެއްލުން ވެއްޖެ

އައްޑޫ ހައި ސްކޫލް ކައިރީގައި އޮތް ޕިކަޕެއްގައި ރޯވެ ގެއްލުން ވެއްޖެ އެވެ. މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

ފުލުހުން ބުނީ އައްޑު ހައި ސްކޫލް ކައިރީގައި ހުންނަ ގަރާޖެއް ކުރިމަތީން ޕާކް ކޮށްފައި އޮތް ޕިކަޕެއްގައި ރޭ ދަންވަރު ރޯވެފައިވާ ކަމަށާއި ރޯވި އެ އަލިފާން ނިއްވާލާފައި ވަނީ އެ ސަރަހައްދުގައި އެ ވަގުތު ތިބި އާންމުންގެ ބަޔަކު ކަމަށެވެ.

ޕިކަޕަށް ވަރަށް ބޮޑަށް ގެއްލުން ލިބުނު މި މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.