ހަބަރު

ހަތިޔާރާއެކު ގިރިފުށީގައި ސިފައިންގެ ތަމްރީނުތަކެއް ހިންގަނީ

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމައިފި އެވެ.

އެމްއެންޑީއެފުން ބުނީ މިމަހުގެ ފަސް ވަނަ ދުވަހު ގިރިފުށީގައި ތަމްރީނުތަކެއް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ. އަދި މި ތަމްރީނުތަކުގައި ހަތިޔާރު / ޕައިރޯޓެކްނިކްސް ބޭނުން ކުރާނެ ކަމަށެވެ.

އެގޮތުން މި ތަމްރީނުތަކުގައި ހަތިޔާރާއި ޕައިރޯޓެނިކްސްގެ ގޮތުގައި މިނީފްލޭއާ އާއި ޕެރަޝޫޓް ފްލޭއާ ބޭނުން ކުރާނެ އެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާ އެންމެ އުސްމިނާއި ދުރުމިނަކީ 3000 މީޓަރު ކަމަށާއި ވައިގެ ސަރަހައްދު ބޭނުންކުރާ އެންމެ ތިރި މިނަކީ ސީލެވެލް ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގިރިފުއްޓާއި ދިމާ މަތި ކަމަށްވެސް ބުންޏެވެ.

އެހެން ކަމުން މި ސަރަހއްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް ވަނީ އެދިފަ އެވެ.

މީގެ ކުރިން ގިރިފުށިގައި ހިންގި ތަމްރީނުތަކެއްގައި ބޭނުން ކުރި ވަޒަނެއް ވަނީ އެ ސަރަހއްދުގައި އޮތް ސަފާރީއެއްގައި އިން ފަތުރުވެރިއެއްގެ ކަރަށް އަރާ ޒަހަމްތަކެއްވެފަ އެވެ.