ޓެކްނޯލޮޖީ

ކަސްޓަމާގެ ނަމުގައި ހިންގާ ސްޓާޓަޕެއް ފޭސްބުކުން ގަނެފި

"ކަސްޓަމާ"ގެ ނަމުގައި ހިންގަމުން އަންނަ ސްޓާޓަޕެއް ފޭސްބުކުން ގަނެފި އެވެ. މިއީ ފޭސްބުކްގެ ކުޑައިގެ ދަށުގައި، މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތު ތަނަވަސް ކޮށްދިނުމަށް ކުރި ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.

"ކަސްޓާމާ" އަކީ "ކަސްޓަމާ ރިލޭޝަންޝިޕް މެމޭޖްމަންޓް" ސްޓާޓަޕެކެވެ. މި މުއާމަލާތް ހިނގައި ދިޔަ ގޮތް އޮޅުންފިލާފައި ހުރި މީހަކު ބުނި ގޮތުގައި، މިއީ އެއް ބިިލިއަނަކަށް ވުރެ ކުޑަ ތަންކޮޅެއް ބޮޑު ޑީލެކެވެ. މި ވިޔަފާރި ހިނގައި ދިޔަ ގޮތުގެ ތަފުސީލު ފޭސްބުކަކުން ނުދެ އެވެ.

ފޭސްބުކުން، ކަސްޓަމާގެ ބޭނުން ހިފާނީ، ކަސްޓަމަރުންނާ މުއާމަލާތް ކުރުމަށެވެ. މައިގަނޑު ގޮތެއްގައި ފޯނާއި، އީމެއިލް އަދީ ސީދާ މެސެޖުން ވަކި އެޕްލިކޭޝަންތަކެއް ބޭނުން ކޮށްގެންނެވެ. އޭގެ ތެރޭގައި ވަޓްސްއެޕް އާއި ފޭސްބުކް މެސެންޖާ ހިމެނެ އެވެ.

ކަސްޓަމާ ކަހަލަ ބިޒްނަސް ސޮފްޓްވެއާ ކުންފުންޏެއް ގަތުމަކީ މީގެ ކުރިން ފޭސްބުކުން ކުރި ކަމެއް ނޫނެވެ. މައިގަނޑު ގޮތެއްގައި ގަނެފައި ހުންނަނީ ކަސްޓަމަރުން ބޭނުންހިފާ ޒާތުގެ ޚިދުމަތް ތަކެކެވެ.

ކަސްޓަމާއިން ކޮށްދޭނެ ކަމަކީ ކުދި ވިޔަފާރިތަކަށް ސޯޝަލް ނެޓްވޯކްތައް ހުޅުވައި ދިނުމާއި، ވިޔަފާރި އިސްތިހާރުން ނަފާ ހޯދާނެ ގޮތް ބުނެދިނުމެވެ. މި ކަމުގައި ފޭސްބުކުގެ އިތުރު ނެޓްވޯކްތައް ވެސް ބޭނުން ކުރާނެ އެވެ.

ކަސްޓަމާ ހުންނަނީ އެމެރިކާގެ ނިއު ޔޯކްގަ އެވެ. ކުންފުނި އުފައްދާފައި ވަނީ 2015 ގަ އެވެ. އާމްދަނީގެ ގޮތުގައި މިހާތަނަށް 173.5 މިލިއަން ޑޮލަރު ހޯދާފައި ވެ އެވެ.