ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފްރާންސްގެ ކުރީގެ ރައީސް ކޮވިޑް-19 ގައި އަވަހާރަވެއްޖެ

ފްރާންސްގެ ކުރީގެ ރައީސް، ވެލެރީ ގިސްކާޑް ޑިއެސްޓައިން، ކޮވިޑް-19 އާލާސްކަންފުޅުގައި އަވަހާރަ ވެއްޖެ އެވެ. އުމުރުފުޅަކީ 94 އަހަރެވެ.

ވެލެރީ ގިސްކާޑް ހޮސްޕިޓަލްގައި އެޑްމިޓްކޮށް، މި އަހަރު ސެޕްޓެމްބަރުގައި، އައިސީޔޫގައި ވެސް ފަރުވާ ދެއްވި އެވެ. ފަހަކަށް އައިސް ނޭވާލާން ދަތިފުޅުވާތީ ދޭތެރެ ދޭތެރެއިން ފަރުވާ ހޯއްދަވާ ވާހަކަ މީޑިޔާއަށް ތިލަވެ އެވެ. ވެލެރީ ގެންދަވަނީ ހިތުގެ މައްސަލަތަކަށް ވެސް ފަރުވާ ހޯއްދަވަމުންނެވެ.

ގިސްކާޑަށް ފްރާންސްގެ ރައީސްކަން ލިބިވަޑައިގެންނެވީ 1974 ގައި އުމުރުފުން 48 އެވެ. އޭނާ ވަނީ ފްރާންސަށް ބޮޑެތި ބަދަލުތައް ގެންނަވައި، ޔޫރަޕްގައި ނުފޫޒުގަދަ ސަހުސިއްޔަތަކަށް ވެ ވަޑައިގެންފަ އެވެ.

ގިސްކާޑްގެ އާލާސްކަންފުޅު ބޮޑުވީ ކޮވިޑް ޖެހިވަޑައިގަތުމުންނެވެ. ފްރާންސްގައި ކޮވިޑް ފެތުރިގަނެ ހާލަތު ވަނީ ހަމައިން ނައްޓާފަ އެވެ. މިހާތަނަށް 60 މިލިއަން ކޭސް ކަށަވަރުވެފައި ވާއިރު ގާތްގަނޑަކަށް 1.5 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.