ހަބަރު

ހަމަލައާ ގުޅިގެން ފަސް މީހުން ހައްޔަރުކުރި ވާހަކައަކީ ދޮގެއް: އުމަރު

ރައީސް އަބްދުﷲ ޔާމީން ދަތުރު ކުރެއްވެވި "ފިނިފެންމާ" ލޯންޗުކޮޅަށް ދިން ހަމަލާގެ ތަހުގީގަށް ފަސް މީހުން ހައްޔަކުރި ކަމަށް ހޯމްމިނިސްޓަރު އުމަރު ނަސީރާ ހަވާލާ ދެއްވާ އެސޯސިއޭޓް ޕްރެސް (އޭޕީ) އިން ޕޯޓް ކުރީ ހަގީގަތާ އެއްގޮތަށް ނޫން ކަމަށާއި އެއީ ދޮގެއް ކަމަށް އިންކްއަރީ ކޮމިޝަންގެ ކޯ ކޯޗެއާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ އޭޕީ އުމަރާ އާހަވާލާދީ، ރައީސް ޔާމީން އަވަހާރަކޮށްލަން ދިން ހަމަލާގެ ތަހުގީގަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނާ ހަބަރުތަށް ފެތުރިފައިވަނި ކޮށްށެވެ. އޭޕީގެ ރިޕޯޓް ދޮގު ކުރެއްވި ނަމަވެސް އޭގެ ތަފުސީލެއް އުމަރު ނުދެއްވަ އެވެ.

އުމަރާ ހަވާލާދީ އޭޕީން ބުނެފައި ވަނީ ލޯންޗުގައި ގޮވި އެތި ހަރުކޮށްފައި އޮތީ އާންމުކޮށް ރައީސް އިންނަވާ ގޮނޑިކޮޅުގެ ދަށުގައި ކަމަށާއި ނަމަވެސް ގޮއްވާލި ވަގުތު ރައީސް އިންނެވީ އެހެން ގޮނޑިއެއްގައި ކަމަށެވެ. ގޮއްވާލީ އެހާ ބޮޑު އެއްޗެއް ނޫން ކަމަށާއި އެއީ ލޯންޗުގައި ތިބި އެންމެން މަރާލުމުގެ ބަދަލުގައި ސީދާ ރައީސް އަވަހާރަކޮށްލައި ނުވަތަ ނުކުޅެދޭ ހާލަތަކަށް ގެންދަކޮށް ކޮށްފައިވާ ކަމެއް ކަމަށެވެ.

ރިޔާސީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އުމަރު ވިދާޅުވީ ހައްޔަރުކުރި މީހުންގެ މައުލޫމާތު ހާމަކުރެވެން ނެތް ކަމަށާއި އެކަމަކު މީޑިއާ އިން އެމައުލޫމާތު ފެންނަމުންދާ ކަމަށެވެ. އެ ޕްރެސްގައި ވަނީ ސްރީލަންކާގެ ތަހުގީގު ރިޕޯޓުތަކަށް ބިނާކޮށް ހަމަލާއަކީ ރައީސް ޔާމިންގެ އާމުކޮށް އިޝީންނަވާ ސީޓުކޮޅަށް ދިން ހަމަލާ އެއް ކަމަށާއި އަދި އެއީ އެމަނިކްފާން އަވަހާރަކޮށްލަން ބަޔަކު ދިން ހަމަލާއެއްކަން ކަށަވަރުކޮށްދީފަ އެވެ. އަދި ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން އިންކުވަރީކޮމިޝަންއަށް ހާޒިރުކުރަން ޖެހޭފަރާތެއް ހާޒިރުކުރާނެކަމަށް ވެސް އުމަރު ވަނީ ވިދާޅުވެފައެވެ.