ހަބަރު

ސެލޫނަކުން ތިން މީހަކު ހައްޔަރުކޮށްފި

ބިއުޓީ ސެލޫންގެ ހިދުމަތް ދޭ ތަނަކުން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ ދެ އަންހެނުންނާއި ފިރިހެނެކެވެ. ދެ އަންހެނުންނަކީ ބިދޭސީންނެވެ. ފިރިހެން މީހާއަކީ ދިވެއްސެކެވެ.

ފުލުހުން ބުނީ މި މަހުގެ ދެވަނަ ދުވަހު ފުލުހުންނަށް ލިބުނު އިންޓެލް މައުލޫމާތަކާއި ގުޅިގެން ބިއުޓީ ސެލޫންއެއްގެ ހިދުމަތް ދޭ ތަނެއްގެ ގޮތުގައި މާލޭގައި ހިންގަމުންދިޔަ ތަނަކުން ބިދޭސީ ދެ އަންހެނުންނާއި 28 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރުކުރީ ކޮން ކަމެއްގެ ތުހުމަތުގައި ކަމެއް ފުލުހުން ނުބުނެ އެވެ. އެ މީހުންގެ ބަންދަށް ކޯޓުން 15 ދުވަސް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ބިއުޓީ ސެލޫންގެ ހިދުމަތް ދޭ ބައެއް ތަންތަނުގައި ހަށިވިއްކުމުގެ މައްސަލަތައް އިތުުރުވަމުންދާއިރު މީގެ ކުރިން އެފަދަ މައްސަލަތަކުގައި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވެއެވެ.