ހަބަރު

ވިލިމާލޭ ބޭންކް ފަޅާލަން އުޅުނު ދެމީހަކު ހައްޔަރުކޮށްފި

Oct 21, 2015
2

ވިލިމާލޭގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ބްރާންޗް ފަޅާލައި ވައްކަން ކުރަން އުޅުނު ކަމަށް ތުހުމަތުކުރެވޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިންޓެލިޖެންސާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ވިލިމާލެ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެމީހުން އަތުލައިގެންފައިވަނީ ތަންތަން ހަލާކުކޮށްލައިގެން ވަންނަން ބޭނުންކުރެވިދާނެ ބައެއް އާލާތްތަކާއެކު ރޭ މެންދަމުގެ ވަގުތު ވިލިމާލޭ ބީއެމްއެލް ބްރާންޗުގެ ކައިރިން ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

މި މައްސަަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 19 އަހަރުގެ ދިވެހި ފިރިހެނަކާއި 21 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ދެ މީހުންނަކީވެސް މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ ދެ މީހުންނެވެ.

ފުލުހުން ވަނީ މި މައްސަލަ ބަލަން ފަށާފައެވެ.