ހަބަރު

ދެކުނުގެ ބައެއް ރަށްރަށަށް ވާރޭވެހި ފެންބޮޑުވެދާނެ: މެޓް

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު(މެޓް) އިން ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް ޔެލޯ އެލާޓު މިއަދު ނެރެފި އެވެ.

މެޓް އޮފީހުގެ ފޯކާސްޓަރެއް "އަވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ލ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދު ރަށްތަކަށް މިއަދު ހެންދުނު 10:15 އިން ފެށިގެން މެންދުރުފަހު 1:30 އާ ހަމަޔަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކުރާ ކަމަށެވެ. އެގޮތުން އެހިސާބަށް މިހާރު ވާނީ ޔެލޯ އެލާޓު ނެރިފަކަމަށް މެޓް އޮފިޝަލުން ވިދާޅުވެ އެވެ.

"މިއަދު ހެންދުނު އަޅުގަނޑޫމެން ވާނީ ދެކުނުގެ ރަށްތަކަށް ޔެލޯ އެލާޓު ނެރެފެ. ލ. އަތޮޅުން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ވަރަށް ބޯކޮށް ވާރޭވެހި ގުގުރާ ފެންބޮޑުވާނެކަމަށް ލަފާކުރެވޭ،" މެޓް އޮފީހުގެ ފޯކާސްޓާރ ވިދާޅުވި އެވެ.

މެޓް އިން ބުނިގޮތުގައި އެހިސާބުގައި ކަންޑުތަށް ވެސް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވައިގަދަވާނެ ކަމަށެވެ.