ބޭރު ކުޅިވަރު

ފީފާގެ އިންތިހާބު ފެބްރުއަރީ 26ގައި ބާއްވަން ނިންމައިފި

Oct 21, 2015

ކޮރަޕްޝަނުގެ ތުހުމަތުގައި ފީފާގެ ރައީސް އާއި ޔޫއޭފާގެ ރައީސް ސަސްޕެންޑްކޮށްފައިތިބި ނަމަވެސް އެ ޖަމާއަތުގެ އިންތިހާބު އަންނަ އަހަރުގެ 26 ވަނަ ދުވަހު ބާއްވަން މިއަދު ނިންމައިފި އެވެ.

މި ގޮތަށް ނިންމީ އެފްރިކާގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް އީސާ ހަޔާތޫގެ ރިއާސަތުގެ ދަށުން ބޭއްވި ފީފާގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގަ އެވެ.

ފީފާގެ ރައީސަކު ހޮވަން އިންތިހާބު މިބާއްވަނީ ޖެހިޖެހިގެން ފަސް ވަނަ ދައުރަކަށް ސެބް ބްލެޓާ މިދިޔަ ޖޫން މަހު ރައީސްކަމަށް ހޮވިވަޑައިގެންނެވި ނަމަވެސް އޭނާ މަގާމުން އިސްތިއުފާ ދެއްވަން ނިންމެވުމުންނެވެ.

ބްލެޓާ އިސްތިއުފާ ދެއްވަން ނިންމެވެވީ ކޮޕަރްޝަނުގެ ތުހުމަތުތައް ގިނަ އޭނާ އަށް އެތެރެ އާއި ބޭރުން ފިއްތުން ކުރިމަތިވުމުންނެވެ. މި ގޮތުން އެ ޖަމާއަތުގެ ބައެއް ވެރިން ހައްޔަރުކޮށްފައިވާއިރު ބްލެޓާގެ މައްޗަށް ސްވިޒަލޭންޑްގެ އެޓާނީ ޖެނެރަލް ވަނީ ޖިނާއީ ދައުވާއެއް ވެސް ކުރައްވާފަ އެވެ. އެއީ މިސްމެނޭޖްމަންޓާއި ޔޫއޭފާގެ ރައީސް ޕްލެޓިނީއަށް ނުވަ އަހަރު ކުރިން ދޭންޖެހޭ ފައިސާއެއް މާފަހުން ފީފާގެ އިންތިހާބާކާ ދިމާކޮށް ދީފައިވާތީ އެވެ.

ފީފާގެ ރައީސްކަމަށް ވާދަކުރައްވާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ދެ ބޭފުޅުންނަކީ ޕްލެޓިނީ އާއި އުރުދުންގެ ޕްރިންސް އަލީބިން އަލް ހުސައިންއެވެ. އޭނާ އަކީ ފީފާގެ ކުރީގެ ނާއިބް ރައީސް އަދި މިދިޔަ ޖޫން މަހުގެ އިންތިހާބުގައި ބްލެޓާއާ ވާދަކުރެއްވި ބޭފުޅާ އެވެ.