މިނިސްޓްރީ އޮފް ޓޫރިޒަމް

ކައުންސިލްގެ ހުއްދަ ނެތި ގެސްޓްހައުސް ހުޅުވޭ ގޮތް ހަދައިފި

މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވުމާމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަން ހުށައަޅަން ނުޖެހޭ ގޮތަށް ހަމަޖައްސައިފި އެވެ.

އެ ނިންމުން ނިންމާ ޓޫރިޒަމް މިނިސްޓްރީން މިރޭ ވަނީ ސާކިއުލާއެއް ނެރެފައެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވުމާމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަން ހުށައަޅަން ނުޖެހޭނެ ކަަމަށެވެ.

މިހާތަނަށް ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދެމުން ގެންދިޔައީ ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަން ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމުންނެވެ. ގިނަ ކައުންސިލުންތަކުން އެ ހުއްދަ ދީފައިނުވާތީ އެތަށް ރަށެއްގައި ގެސްޓް ހައުސްތައް ނުހުޅުވިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި ޓޫރިސްޓް ހޮޓާތަކާއި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ފަތުރުވެރި ކަމަށް ރަށް ހުޅުވުމާމެދު ސިޓީ ކައުންސިލް ނުވަތަ ރަށު ކައުންސިލުގެ އިއުތިރާޒެއް ނެތް ކަން ހުށައަޅަން ނުޖެހޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެޗްޕީއޭގެ ގައިޑްލައިންތަކަށް ގެސްޓްހައުސްތަަކުން އަމަލު ކުރޭތޯ ކައުންސިލްތަކާއި އެހެން އިދާރާތަކުން ބަލަމުން ގެންދާނެ ކަމަށެވެ.