ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންކަމް ސަޕޯޓު އެލަވަންސަށް 164.3 މިލިއަން ރުފިޔާ ދޫކޮށްފި

ވަޒީފާއަށް އަސަރުކޮށް އަދި ގެއްލިފައިވާ މީހުންނަށްދޭ އިންކަމް ސަޕޯޓު އެލަވަންސް ގޮތުގައި ދައުލަތުން މިހާތަނަށް 164.3 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވަންސެއް ދިނުމަށް ނިންމުމާ ގުޅިގެން ގިނަ ބަޔަކު އެކަމަށް އެދި ހުށަހެޅި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުން ވަނީ އިކޮނޮމިކް ރިލީފް ޕެކޭޖުގައި ހިމަނައިގެން އިންކަމް ސްޕޯޓުގެ ގޮތުގައި މިހާތަނަށް 13،177 ފަރާތަކަށް 38,472 ފަހަރެއްގެ މަތިން އިންކަމް ސްޕޯޓު ދޫކޮށްފައިވެ އެވެ. މިގޮތުން ދޫކުރި ފައިސާގެ އަދަދު 164.3 މިިލިއަން ރުފިޔާ އަށް އަރަ އެވެ.

އިންކަމް ސަޕޯޓު އެލަވަންސް ދެނީ އެޕްރީލް މަހުން ފެށިގެން މި މަހުގެ ނިޔަލަށެވެ. މި އެލަވަންސް ދެނީ އެކަމަށް ޝަރުތު ހަމަވާ ފަރާތް ތަކަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.