ހަބަރު

މާފުށީގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި

މާފުށީގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި އެވެ.

އެނގިފައިވާ ގޮތުގައި ފުލުހުން ނަގާފައިވަނީ ކާނި ބީޗް ގެސްޓްހައުސް ބޭރުގައި ބަހައްޓާފައިވާ ކްރިސްމަސް ގަހެކެވެ. ފުލުހުން ބުނީ އެ ރަށުގައި ކްރިސްމަސް ގަހެއް ހުރުމުން އެކަމުގެ ޝަކުވާ އާންމު ފަރާތުން ކޮށްފައިވާ ކަމަށެވެ. އެ ރިޕޯޓާއި ގުޅިގެން ވާހަކަ ދައްކައިގެން އެ ގަސް ނެގުމަށް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަން ނުވުމުން ކޯޓް އަމުރެއް ހޯދާ އެ ގަސް ނަގާފައިވާ ކަަމަށެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރާ ގާނޫނުގައި ރާއްޖޭގެ ނުކުރެވޭނެ ކަންކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް ގެސްޓްހައުސްތަކާއި ފަތުރުވެރިކަން ކުރިއެރުމުގެ ނަމުގައި ބައެއް ކަންކަން ރާއްޖޭގައި ކުރެވޭނެ ކަމަށް ބުނެ ބައެއް މީހުން ދަނީ އެފަދަ ކަންކަމަށް ހިތްވަރު ދީ ވާހަކަ ދައްކަމުންނެވެ.