ދިވެހި ސިނަމާ

"ހުވާ ކޮށްފާބުނަން" އާދިއްތަ ދުވަހު ބައިސްކޯފުން ދައްކަން ފަށާނީ

ފިލްމީ ތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ އާ ޑްރާމާ ސިލްސިލާ "ހުވާ ކޮށްފަބުނަން" ބައިސްކޯފުން ދައްކަން ނިންމާފައިވާއިރު އަންނަ އާދިއްތަ ދުވަހުގެ ރޭ އެ ވެބްސީރީޒް ދައްކަން ފަށަން ނިންމައިފި އެވެ.

ސައްބީސް އެޕިސޯޑްގެ ޑްރާމާ ސިލްސިލާގެ ހުރިހާ މަަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. ބައިސްކޯފުން އެ ސިލްސިލާ ދައްކަން ނިންމާ އެކަމަށް އެއްބަސްވުމެއް ވެސް ވަނީ ހަދާފަ އެވެ. އަދި އެ ބެވްސީރީޒް އަންނަ އާދިއްތަ ދުވަހުގެ ރޭ ދެއްކުމަށް ވަނީ ނިންމާފައެވެ.

މި ޑްރާމާއިން ފެނިގެން ދާނީ އަހުމަދު ސައީދު، އަބްދުﷲ ޝާފިއު އިބްރާހިމް (ފުބޫ)، އަލީ އާޒިމް (ދޮން އައްޔަ) އަދި އަހުމަދު އީސަ (އާނަންދު) އެވެ. މީގެ އިތުރުން މިފަހުން ފިލްމީ ދާއިރާއަށް ތައާރަފްވި ޝިފާ، ޝިޔާ އަދި ނަތާވެސް ފެންނާނެ އެވެ.

ވާހަކަ ލިޔެ، ޑައިރެކްޓް ކޮށްފައިވަނީ ޔޫއްޕެ އެވެ. ކެމެރާ ކުރަނީ އައްޔަ (ގޮޅާ) އެވެ.