އަލިފާން

އަލިފާނުގެ ހާދިސާގައި ދެ މީހަކު ފިހިއްޖެ

ތިލަފުށީގައި ޖެޓީގައި އޮތް ދެ ދޯންޏެއްގައި މިއަދު ހިނގި އަލިފާނުގެ ހާދިސާގައި ދެ މީހަކު ފިހިއްޖެ އެވެ.

އަލިފާން ރޯވެފައިވަނީ ތިލަފުށީ ވިލާ ޖެޓީ ސަރަހައްދުގައި އޮތް ދެ ދޯންޏެއްގައެވެ. އަލިފާނުގެ ހާދިސާ ހިނގީ ދޯންޏަށް ތެޔޮ އަޅަން އުޅުމުގެ ތެރޭގައެވެ.

ސިފައިން ބުނީ އަލިފާނުގެ ހާދިސާގައި ދެ މީހަކު ފިހިފައިވާ ކަމަށެވެ. އެއީ ދިވެއްސަކާއި ބިދޭސީއެކެވެ. ދިވެހި މީހާ ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ރޯވި އަލިފާން ސިފައިން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައެވެ.