އަލިފާން

އަލިފާނުގައި ފިހުނު ދިވެހި މީހާ އައިސީޔޫގައި

ތިލަފުށީގައި ޖެޓީގައި އޮތް ދެ ދޯންޏެއްގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ. އިއްޔެ ހާދިސާގައި ދެ މީހަކު ފިހުނެވެ. އެއީ ބިދޭސީއަކާއި ދިވެއްސެކެވެ.

އައިޖީއެމް ހޮސްޕިޓަލުން ބުނީ އަލިފާނުގެ ހާދިސާގައި ފިހުނު ދިވެހި މީހާގެ ހަށިގަނޑުން 20 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އޭނާއަށް މިވަގުުތު ފަރުވާ ދެމުންދަނީ އައިސީޔޫގައެވެ. ހާލަތާއި ގުޅޭ އިތުރު ތަފްސީލެއް ނުދެއެވެ.

އަލިފާނުގައި ފިހުނު ބިދޭސީ މީހާ ފަރުވާއަށްފަހު ވަނީ ދޫކޮށްލާފައެވެ.

ތިލަފުށީ ވިލާ ޖެޓީ ސަރަހައްދުގައި އޮތް ދެ ދޯނީގައި އިއްޔެ ރޯވީ ތެޔޮއަޅަން އުޅުމުގެ ތެރޭގައެވެ. ދެ ދޯނިވެސް ވަނީ ވަރަށް ބޮޑަށް އަނދާފައެވެ.