އެކްސިޑެންޓް

ހައިވޭގައި ދެ އެކްސިޑެންޓެއް، ހަ ވެހިކަލަކަށް ގެއްލުންވެއްޖެ

ހުޅުލެ-ހުޅުމާލެ ގުޅުވާފައިވާ ހައިވޭގައި ދެ އެކްސިޑެންޓެއް ހިންގައިފި އެވެ.

ފުލުހުން ބުނީ ފުރަތަމަ އެކްސިޑެންޓްވީ އެމްބިއުލާންސް އަކާއި ޕިކަޕެއް ޖެހި ކަމަށެވެ. މި އެކްސިޑެންޓް ހިނގީ ހައިވޭގެ އެމްއެންޑީއެފް ޕޯސްޓް ހިސާބުގައެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ އެމްބިއުލާންސް ޕިކަޕްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި މީހަކަށް އަނިޔާއެއް ނުވެއެވެ. ނަމަވެސް ދެ ވެހިކަލަށްވެސް ބޮޑެތި ގެއްލުންވެފައިވެއެވެ. މި އެކްސިޑެންޓް ހިނގީ މިރޭ 8:30 ގައެވެ.

ހަމަ އެވަގުތު އެއްކޮޅަށް ދުއްވާފައިދިޔަ ތިން ކާރަކާއި ޕިކަޕެއް ޖެހި އެކްސިޑެންޓެއް ވަނީ ހިނގާފައެވެ. އެކްސިޑެންޓާއި ގުޅިގެން ހަތަރު ވެހިކަލަށްވެސް ވަނީ ގެއްލުންވެފައެވެ. މީހަކަށް އަނިޔާއެއް ނުވެއެވެ. މި އެކްސިޑެންޓް ހިނގީ ފުރަތަމަ އެކްސިޑެންޓް ހިނގި ސަރަހައްދުގެ 200 ފޫޓް ދުރުގައެވެ.

މައްސަލަ ތަހުގީގު ކުރަމުންދާއިރު އެކްސިޑެންޓްވި ހަ ވެހިކަލް ދުއްވާފައިވަނީ ލައިސަންސް އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.