ވިޔަފާރި

މަނީ ޗޭންޖަރުން ފީ ދެއްކުން މާޗްގެ ނިޔަލަށް

Jan 3, 2021

ރާއްޖޭގައި މަނީ ޗޭންޖަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަ މާޗް 31 ގެ ކުރިން އަހަރީ ފީ ދައްކަން ޖެހޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނި ގޮތުގައި މި އަހަރު މަނީ ޗޭންޖަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަހަރީ ފީ ދެއްކުމުގެ މުއްދަތަކީ 17، ޖެނުއަރީ އިން 31، މާޗްގެ ނިޔަލަށެވެ.

އަދި ފީ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް އިއުލާނު ކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ރާއްޖޭގައި މަނީ ޗޭންޖަރުންގެ ގޮތުގައި 300 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވެ އެވެ.