ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޕްރައިވެޓް ސެކްޓާއަށް 26 ބިލިއަން ރުފިޔާގެ ލޯނު ދީފި

Jan 5, 2021
3

ބޭންކް ތަކުން މިދިޔަ ނޮވެމްބަރު މަހު 26.71 ބިލިއަން ރުފިޔާގެ ލޯނު ޕްރައިވެޓް ސެކްޓާ އަށް ދޫކޮށްފި އެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުނު ޑިސެމްބަރު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޕްރައިވެޓް ސެކްޓާ އަށް ބޭންކް ތަކުން ދަރަނީގެ ގޮތުގައި ދޫކުރި ފައިސާގެ އަދަދު 26.71 ބިލިއަން ރުފިޔާ އަށް އަރަ އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ދޫކޮށްފައިވާ 26.38 ބިލިއަން ރުފިޔާއާ އަޅާ ބަލާއިރު 1.2 ޕަސެންޓުގެ އިތުރުވުމެކެވެ. އަދި މި އަދަދު އަހަރު ދުވަހަށް ބަލާނަމަ 10 ޕަސެންޓުގެ އިތުރުވުމެއް ފެނެ އެވެ.

އަމިއްލަ ފަރާތްތަކަށް ބޭންކްތަކުން ދޫކުރި ފައިސާގެ ތެރެއިން 39.5 ޕަސެންޓް ދީފައިވަނީ ޓޫރިޒަމް ސިނާއަތަކަށެވެ. އަދި 21.4 ޕަސެންޓް ކޮންސްޓްރަކްޝަން ސިނާއަތަށް ދޫކުރިއިރު، ރިއަލް އެސްޓޭޓް ވިޔަފާރި އަށް ދޫކޮށްފައިވަނީ 7.7 ޕަސެންޓެވެ. އަދި އާއްމު އެހެން ވިޔަފާރި ތަކަށް ދޫކޮށްފައިވަނީ މީގެތެރެއިން 11.6 ޕަސެންޓެވެ. ޓްރާންސްޕޯޓާއި ކޮމިއުނިކޭޝަންއަށް ދޫކުރީ 2.5 ޕަސެންޓެވެ.

ޕްރައިވެޓް ސެކްޓާއަށް ދޫކުރި ލޯނުގެ އަދަދު އިތުރުވެފައިވާއިރު، ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ހީނަރުވުމުގެ ސަބަބުން އިގްތިސޯދު މިކަމުން އަރައިގަންނަން ބޭންކް ތަކުން ވަނީ ބޮޑު އެހީއެއް ވެފަ އެވެ. މީގެތެރޭގައި ލޯނުތައް ފަސްކޮށް ދިނުން ވެސް ހިމެނެ އެވެ.