ވިޔަފާރި

މޯލްޑިވިއަން އެމްޑީ ރީޖަނަލް އެއާޕޯޓްސްގެ އެމްޑީއަކަށް

Jan 6, 2021
3

ގައުމީ އެއާލައިން މޯލްޑިވިއަންގެ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރިޒްވީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި މޯލްޑިވިއަންގެ އެމްޑީގެ މަގާމުގައި މިހާރު ހުންނެވި ރިޒްވީ، ސަރުކާރުން ރީޖަނަލް އެއާޕޯޓުތައް ހިންގަން އުފައްދާފައިވާ ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ އެމްޑީގެ މަގާމަށް އައްޔަން ކުރަން ވަނީ ނިންމާފަ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަގާމުތައް ކަނޑައަޅާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ބުނީ ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ރައީސް އޮފީހުން ވަނީ ރިޒްވީގެ ނަން ނޮމިނޭޓްކޮށްފަ އެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުންޏަކީ ރާއްޖޭގެ ހުރިހާ ރީޖަނަލް އެއާޕޯޓުތަކެއް ވިޔަފާރި އުސޫލުން ހިންގަން އުފައްދާފައިވާ ކުންފުންޏެކެވެ.

ރިޒްވީ ވަނީ މީގެ ކުރިން އައިލެންޑް އޭވިއޭޝަން ހޮލިޑޭ ހިންގުމުގެ އިސް މަގާމެއް ވެސް ފުރުއްވާފަ އެވެ.

ރިޒްވީ އެހެން މަގާމަކަށް ބަދަލު ކުރިއިރު، އެ ކުންފުނި ވަނީ މާލީ ގޮތުން ދަތިކަމާ ކުރިމަތިވެފަ އެވެ. މީގެ ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން އެ ކުންފުނީގެ ހުރިހާ ދަތުރުތަކެއް ހުއްޓާލާފައިވުމެވެ. މީގެ ސަބަބުން އެ ކުންފުނި ބަނގުރޫޓު ވެދާނެ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.