ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ރާއްޖެ އެތެރެކުރުން މަނާ ބާވަތަކަށް، އޮޅިގެން ހުއްދަ ދޫކުރެވިއްޖެ

ފިޝަރީޒް، އެގްރިކަލްޗަރު މިނިސްޓްރީގެ އޮންލައިން ސިސްޓަމަށް މައްސަލައެއް ދިމާވެ، ރާއްޖެ އެތެރެކުރުން މަނާ ބާވަތެއްގެ މަހެއް އެތެރެ ކުރަން ހުއްދަ ދޫކުރެވިއްޖެ އެވެ.

އެ މިނިސްޓްރީން ބުނީ، އޮންލައިން ސިސްޓަމް މެދުވެރިކޮށް އަމިއްލަ ފަރާތަކުން ދިން ދިރޭ މަސް އެތެރެ ކުރުމުގެ ހުއްދައެއްގައި ރާއްޖެ އެތެރެކުރުން މަނާ ބާވަތަކަށް ދޫ ކުރެވިފައިވާ ކަމަށާއި އެއީ ސިސްޓަމް މައްސަލައެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށެވެ.

އެ މިނިސްޓްރީން ބުނީ އޮޅިގެން ސިސްޓަމުން ދޫކުރެވިފައިވާ ބާވަތް އަނބުރާ ނެމުގެ މަސައްކަތް ކުރާ ކަމަށާއި އެބާވަތްތައް އެތެރެކުރި ފަރާތައް ވެސް އެކަން އަންގާފައިވާ ކަމަށެވެ. އަދި ބުނީ އެ ސިސްޓަމް އިތުރަށް ތަރައްގީކުރުމުގެ މަސައްކަތް ކުރާ ކަމަށެވެ.

އޮޅިގެން ހުއްދަ ދެވުނު މަހަކީ ކޮން މަހެއް ކަމެއް ނުބުނެ އެވެ.