ހަބަރު

އައިއެންއައިއޭއިން ކަރަންޓް ގޮސް ހިދުމަތަށް ބުރޫއަރައިފި

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު( އައިއެންއައިއޭ) ގެ ބޮޑު ބަޔަކުން ކަރަންޓު ގޮސްފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި އައިއެންއައިއޭއިން މިރޭ ކަރަންޓު ގޮސްފައިވަނީ އެއާޕޯޓަށް ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނެއް ފެއިލްވުމުގެ ސަބަބުންނެވެ.

"އިންޖީނު ފެއިލްވުމުގެ ސަބަބުން ކަރަންޓު ދިޔައީ. ކަރަންޓު ކެނޑުމާއެކު ބެކަޕް ޖަނަރޭޓަރުވެސް ވަނީ ފެއިލްވެފައި. ކަރަންޓު ހުރީ އިމަޖެންސީގައި ދިއްލޭ ލައިޓްތަކުގައި އެކަނި،" އަވަސް އަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

ނަމަވެސް، އައިއެންއައިއޭއިން ރަސްމީކޮށް މައުލޫމާތު ލިބޭ ގޮތްވަނީ ނުވެފަ އެވެ.

އަވަސްއަށް ލިބިފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި އެއާޕޯޓުން ކަރަންޓު ކެނޑިފައިވާއިރު، ގިނަ އަދަދެއްގެ ޓޫރިސްޓުން އެއާޕޯޓުގައި އެބަތިއްބެ އެވެ.