އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) ގެ ޝޯރޫމެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.
ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އައިބީއެމްގެ އާ ފިހާރަ ހުޅުއްވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ.
އައިބީއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އަންވަރު ވިދާޅުވި ގޮތުގައި ކޮވިޑް-19 ގެ ސަބަބުން އެ ކުންފުންޏަށް ގޮންޖެހުންތައް ބޮޑުވި ނަމަވެސް މިދިޔަ އަހަރު ނިންމާލީ ކުރީ އަހަރަށްވުރެ ކާމިޔާބުކޮށެވެ.
އައިބީއެމް ބުނީ މި އަހަރު އެ ކުންފުނީގެ މައިގަނޑު އަމާޒަކީ ތިމާވެއްޓާ ރަހުމަތްތެރި ފެނުގެ އުފެއްދުންތަކެއް ބާޒާރަށް ނެރުމެވެ. މިގޮތުން ގިނަ ފަހަރު ބޭނުން ކުރެވޭ 18 ލިޓަރުގެ ހަމާއި އެއް ލިޓަރުން ދަށުގެ ބިއްލޫރި ފުޅި ނެރޭނެ އެވެ.