ވިޔަފާރި

ބީއެމްއެލް ޓުވިޓާ ހެކްކޮށްފި

Oct 25, 2015

ރާއްޖޭގެ ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްގެ ރަސްމީ ޓުވިޓާ އެކައުންޓް ރޭ ބަޔަކު ހެކްކޮށްފި އެވެ.

"އަވަސް" އަށް އެނގިފައިވާ ގޮތުގައި ބީއެމްއެލް އެކައުންޓް ހެކްކޮށްފައިވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި ހެކްކުރި ބަޔަކު އެކަން ކުރުމަށްފަހު، ސިޔާސީ ގޮތުން ތަފާތު ވާހަކަ ތަކެއް ސޯޝަލް މީޑިޔާގައި ފަތުރާފައިވެ އެވެ.

ނަމަވެސް، ބީއެމްްއެލްއިން ވަނީ ޓުވިޓާ އެކައުންޓްގެ އެކްސެސް ބޭންކުގެ ދަށަށް ގެނެސްފަ އެވެ. އަދި ސޯޝަލް މީިޑިޔާގައި ދައުރުވި ގިނަ މެސެޖުތައް ޑިލީޓުކޮށްފަ އެވެ.