ވިޔަފާރި

2020: ޖޫރިމަނާއަށް 128 މިލިއަން ރުފިޔާ

Jan 13, 2021
4

މިދިޔަ އަހަރު ދައުލަތަށް އެކި ގޮތުން ޖޫރިމަނާގެ ގޮތުގައި 128 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖޫރިމަނާގެ ގޮތުގައި 128 މިލިއަން ރުފިޔާ ލިބުނު ނަމަވެސް އޭގެ ކުރީ އަހަރު 197 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރު ޑޮލަރުން ޖޫރިމަނާގެ ގޮތުގައި 1.5 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރު ހަތަރު މިލިއަން ޑޮލަރު ލިބިފައިވެ އެވެ.

މިދިޔަ މަސް ވަކިން ބަލާނަމަ ޖޫރިމަނާގެ ގޮތުގައި ލިބިފައިވަނީ 14 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރު 20 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހު ޑޮލަރުން ޖޫރިމަނާގެ ގޮތުގައި ލިބުނީ 91,137 ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރު 514,256 ޑޮލަރު ލިބިފައިވެ އެވެ.