ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ސަންގެލިން 32 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން 32 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެޗްޕީއޭއިން ބުނީ މިއަދު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮސިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ. ނަމަވެސް އޭގެ ކުރިން އިތުރު ބަޔަކު ވަނީ އެރަށުން އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ސަންގެލި ރިސޯޓުން ޕޮޒިޓިވްވި އެންމެންނަކީވެސް މުވައްޒިފުންނެވެ.

ސަންގެލިން ފުރަތަމަ ކޭސް ފެނުނީ މި މަހުގެ ތިންވަނަ ދުވަހު އެވެ، އެއީ ބިދޭސީ މުވައްޒިފެއް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ހެދުނު ޕީސީއާރު ޓެސްޓް ޕޮޒިޓިވް ވެގެންނެވެ. އެ މީހާ ޕޮޒިޓިވްވުމުން ކޮންޓެކްޓުގެ ގޮތުގައި ފާހަގަ ވި 8 މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ.

އެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރެވުނު ހަތަރު މުވައްޒިފަކު ވަނީ ޕޮޒިޓިވްވެފައެވެ. އެެއީ ފުރަތަމަ ކޭސްގެ ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ބައެއް ނޫނެވެ.

ސަންގެލި ރިސޯޓްގައި ބަލި ޖެހިފައިވާ މީހުން ދެނެގަތުމަށް 98 ސާމްޕަލެއް ވަނީ ނަގާފައެވެ. އިއްޔެ ނެގި 98 ސާމްޕަލްގެ ތެރެއިން 19 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިއަދު ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓު ކުރެވުނު 8 މުވައްޒިފުން ވަނީ ޕޮޒިޓިވް ވެފައެވެ.