ރާއްޖޭގައި މަނީ ޗޭންޖަރުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކުގެ އަހަރީ ފީ، ޕޭމަންޓް ޕޯޓަލުން ދެއްކޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
މަރުކަޒީ ބޭންކް، އެމްއެމްއޭއިން ބުނި ގޮތުގައި މި އަހަރު މަނީ ޗޭންޖަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަހަރީ ފީ ދެއްކުމުގެ މުއްދަތަކީ 17، ޖެނުއަރީ އިން 31، މާޗްގެ ނިޔަލަށެވެ. މި ފީ ޕޭމަންޓް ޕޯޓަލުން ދެއްކޭނެ އެވެ.
އަދި ފީ ދެއްކުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ގޮތް އިއުލާނު ކުރާނެ ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ. ރާއްޖޭގައި މަނީ ޗޭންޖަރުންގެ ގޮތުގައި 300 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވެ އެވެ.