އަލިފާން

ސަފާރީގައި ރޯވި އަލިފާން ނިއްވާލައިފި

މާފުށީ ކައިރީ އޮތް ސަފާރީ އެއްްގައި އަލިފާނުގެ ހާދިސާއެއް ހިންގައިފި އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވުމާއެކު އެ ސަފާރީގައި ތިބި މީހުން މާފުށީ ލޯންޗަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަލިފާން ރޯވެފައިވަނީ ސަފާރީގެ އިންޖީނު ރޫމުގަ އެވެ.

އެސަފާރީ ގައި ތިބީ 13 ޓޫރިސްޓުންނާއި ފަސް ފަޅުވެރިންނެވެ. ސަފާރީގެ ކެޕްޓަން އަކަށް ހުރީ ދިވެއްސެކެވެ. މި ހާދިސާ ބިދޭސީއަކު ވަނީ ފިހިފައެވެ. އޭނާ އަކީ ސަފާރީގެ ވެރިމީހާ އެވެ.

އެމްއެންޑީއެފުން ބުނީ ފިހުނު މީހާ މާފުށީ ލޯންޗެއްގައި މާފުށްޓަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.