ސުޕްރީމް ކޯޓް

މެރިޓައިމް އެކަޑެމީން ސުޕްރީމް ކޯޓުގައި ދައުލަތަށް ދައުވާ ކޮށްފި

Jan 18, 2021

ހދ. ކުޅުދުއްފުށީގައި ހުންނަ އަތޮޅުގޭގެ އިމާރާތުގައި މެރިޓައިމް އެކަޑަމީ ހިންގަން ވެފައިވާ އެއްބަސްވުން މިނިސްޓްރީން ބާތިލުކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ދައުލަތަށް ދައުވާކޮށްފި އެވެ. މައްސަލަ އެ ކޯޓަށް ގެންދިޔައީ މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސް އިންނެވެ.

އެ އިމާރާތުގައި އެކަޑެމީއެއް ހިންގަން އެއްބަސްވުމެއް 2011 ގައި ހެދީ ހަތަރު އަހަރު ދުވަހަށެވެ. އެއްބަސްވުން އުވާލީ 2013 ވަނަ އަހަރު އެވެ.

އެއްބަސްވުން ބާތިލު ކުރީ ގާނޫނާ ހިލާފަށް ކަމަށްބުނެ ދައުލަތް / ޓްރާންސްޕޯޓާ ދެކޮޅަށް މެރިޓައިމް އެކަޑަމީން ދައުވާ ކުރަނީ އެއްބަސްވުމާ އެއްގޮތަށް އަމަލުކޮށް އިމާރާތުގައި އެކަމަޑަމީއެއް ހިންގާނެ ފުރުސަތު ހޯދާށާއި އެކަމަށް އަމުރެއް ނެރެ ދިނުމަށެވެ.

މީގެ ކުރިން މި މައްސަލަ ދަށު ކޯޓަށް ވެސް ހުށަހެޅި އެވެ. އެ ކޯޓުން ހުކުމް ކޮށްފައި ވަނީ ދައުލަތުގެ މައްޗަށް އެފަދަ އެންގުމެއް އަންގާނެ ތަނެއް ނެތް ކަމަށެވެ. ފަހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ވެސް ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށް ހުކުމް ދެމެހެއްޓީ އެވެ.