ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

ޖަޕާނުން 5.6 މިލިއަން ޑޮލަރުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

Jan 19, 2021
2

ޖަޕާނުން 5.6 މިލިއަން ޑޮލަރުގެ ސިއްހީ ސާމާނު ރާއްޖެއަށް ހަދިޔާކޮށްފި އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގައި ސިއްހީ ހިދުމަތް ފޯރުކޮށްދޭ ވަސީލަތްތައް އިތުރުކުރުމާއި ރާއްޖޭގެ ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުމުގެ މަގުސަދުގައި ޖަޕާން ސަރުކާރުން ދިން މި އެހީއާ ރާއްޖޭގެ ފަރާތުން ހަވާލުވީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ. އެހީގެ ލިޔުން ޖަޕާން ސަރުކާރުގެ ފަރާތުން ހަވާލު ކުރެއްވީ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާންގެ އެމްބަސީން ބުނީ ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ އަގަކީ 600 މިލިއަން ޖަޕަނީސް ޔެން ކަމަށެވެ. އެއީ 5.6 މިލިއަން ޑޮލަރެވެ. މިއަދު ހަދިޔާކުރި ތަކެތީގެ ތެރޭގައި ޕޯޓަބަލް އަލްޓްރާ ސައުންޑް މެޝިނާއި ޕޯޓަބަލް އެކްސްރޭ މެޝިންގެ އިތުރުން ސިރިންޖް ޕަމްޕް ފަދަ ތަކެތި ހިމެނެއެވެ.