ވިލިމާލެ

މުޅި ވިލިމާލެއިން ކަރަންޓް ކެނޑިއްޖެ

މުޅި ވިލިމާލެއިން ކަރަންޓް ކެނޑިއްޖެ އެވެ.

ކަރަންޓް ކުންފުނި ސްޓެލްކޯއިން ބުނީ ވިލިމާލެއިން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. އެއީ ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ދިމާވި ކަމެއް ކަމަށް ބުންޏެވެ. އެ މައްސަލަ ހައްލު ކުރުމަށްފަހު ކަރަންޓް އަލުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަަށްވެސް ބުންޏެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަަކާއި ގުޅިގެން ވިލިމާލެއިން ވަނީ ކަރަންޓު ކެނޑިފައި. މި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މި ގެންދަނީ ކުރެވެމުން. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯގެ މެސެޖްގައިވެއެވެ.