އެމްޑަބްލިއުއެސްސީ

ފެން ކުންފުނީގެ ލޯގޯއަށް އިތުރު ފުރިހަމަކަން

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިހާރު ބޭނުން ކުރަމުން ގެންދާ ލޯގޯގެ ކުލަތައް ގަދަކޮށްލައި އިތުރަށް ފުރިހަމަ ކޮށްލައިިފި އެވެ.

އެމްޑަބްލިއުއެސްސީ އިން މާލެއަށް ފެނުގެ ހިދުމަތް ދޭން ފެށިތާ މިއަދު 25 އަހަރު ފުރުމާ ދިމާކޮށް، އެ ކުންފުނީގެ ލޯގޯ އިތުރަށް ފުރިހަމަކޮށް ތައާރަފު ކޮށްދެއްވީ ޗެއާމަން އަހުމަދު މައުސޫމާއި މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. އެ ކުންފުނީގެ ލޯގޯ އަށް ގެނައި ބަދަލު ދައްކާލަން ފެން ބިލްޑިންގް ބޭރުގައި ވަނީ ބިލްބޯޑެއް ވެސް ބަހައްޓާފަ އެވެ.

ލޯގޯ އަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައި ލޯގޯގެ ކުލަތައް އިތުރަށް ގަދަ ކޮށްލުމާއި އަކުރުތައް ދުރަށް ފެންނާނެހެން ބޯލްޑްކޮށްލުން ހިމެނެ އެވެ. މިހާރު ގެނައި ބަދަލާއެކު ލޯގޯގައި ބޭނުން ކުރާ ދެ ކުލަ ކަމަށްވާ ފެއްސާއި ނޫ ކުލަ ގަދަކޮށް ދުރަށް ފެންނާނެ އެވެ. މީގެ އިތުރުން މިހާރު "އެމްޑަބްލިއުއެސްސީ" ގެ ނަން ބޮޑަށް ފެންނަން ހުންނާނެ އެވެ. މި ބަދަލުގެ އިތުރުން އެ ކުންފުނީގެ ޓެގްލައިން "އެކުވެރި" އެމްޑަބްލިއުއެސްސީ އާއްމުކޮށް ބޭނުން ކުރަން ވެސް ވަނީ ފަށާނެ އެވެ. މި ޓެގްލައިން ތައާރަފުކޮށްފައިވަނީ މިދިޔަ އަހަރު އެވެ.

ފެނައި ނަރުދަމާގެ އިތުރުން އެމްޑަބްލިޔުއެސްސީ މިހާރު ރާއްޖޭގެ ނިސްބަތުން ފުޅާ ދާއިރާ އެއްގައި އިންޖިނިއަރިނާއި މެނުފެކްޗަރިންގެ އިތުރުން ޓްރޭޑިންގެ ދާއިރާގައި ވެސް ހަރަކާތްތެރިވާ ކުންފުންޏެކެވެ.