ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ދޫނި އެތެރެ ކުރުމުގެ ހުއްދަ މެދުކަނޑާލައިފި

Jan 20, 2021

ބައެއް ގައުމުތަކުން ގެންނަ ދޫނި އެތެރެ ކުރުމަށް ހުއްދަ ދިނުން ވަގުތީ ގޮތުން މެދުކަނޑައިލާފައިވާ ކަމަށް މިނިސްޓްރި އޮފް ފިޝަރީޒް އެންޑް އެގަރިކަލްޗާ އިން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ މިއީ ގިނަ ގައުމު ތަކެއްގައި ދޫނި ރޯގާ ފެތުރެމުން ދާ ދުވަސްވަރަކަށް ވާތީ އެ ގައުމު ތަކުން ދޫނި އެތެރެކުރުމަކީ ރާއްޖޭގައި އެ ބަލި ފެތުރެން އޮތް ފުރުސަތެއް ކަމަށެވެ.

އަދި ބުނީ ދޫނި އެތެރެ ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑާލީ އެކަމުން ސަލާމަތްވުމުގެ ގޮތުން ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުގައި ކަމަށެވެ.