އެކްސިޑެންޓް

ގެއެއްގެ މަތީން ބިއްލޫރި ޝީޓެއް ވެއްޓިއްޖެ

ގެއެއްގެ ބެލްކަނީގައި ޖަހާފައި ހުރި ބިއްލޫރި ޝީޓެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ. ނުރައްކާތެރި މި ހާދިސާގައި މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

ފުުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ކޮށްފައި ވަނީ މިއަދު ހެނދުނު 9:00 ޖަހާ އެހާކަންހާއިރު ކަމަށެވެ.

އެ ހާދިސާގައި ބިއްލޫރިގަނޑު ވެއްޓުނީ އޯކިޑް މަގުގައި ހުންނަ މުޑުވާލި ކައިރީ ހުރި ގެއެއްގެ ހަތް ވަނަ ފަންގިފިލާ އިންނެވެ. އެ ބިއްލޫރިގަނޑަކީ އެ ފްލޯގެ ބެލަކަނީގައި ޖަހާފައިވާ ޝީޓެކެވެ.

ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.