މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނުންނާ ފޮށުނު ބިދޭސީއަކު ހައްޔަރުކޮށްފި

Jan 23, 2021
2

މާލޭގެ ބޮޑުތަކުރުފާނު މަގަށްވާ ގޮތަށް ހެންވޭރުގައި ހުންނަ ޑޮލަރު އޭޓީއެމް ކައިރިން އެކި އެކި އަންހެނުންނާ ފޮށެމުން ދިޔަ ބިދޭސީއަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ ހައްޔަރު ކުރީ ބަންގުލަދޭޝްގެ މީހެއް ކަމަށާއި އެ މީހާ މިއަދު މެންދުރު ފަހު 1:00 ޖަހާ އެހާކަންހާއިރު ހައްޔަރަން ޖެހުނީ ޑޮލަރު އޭޓީއެމްގެ ކައިރިން އެކި އެކި އަންހެނުންނާ ފޮށި، މީހުނަށް އާންމު އުނދަގޫ ކުރަމުން ދިޔަ މައްސަލައެއްގައި ކަމަށެވެ.

އެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އަގު ބޮޑުކޮށް ޑޮލަރު ވިއްކުމުގައި އުޅެމުން އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވެގެން ހައްޔަރު ކުރި އެ މީހާއަކީ 50 އަހަރުގެ މީހެކެވެ. އޭނާގެ މައްސަލަ ދަނީ ބަލަމުންނެވެ.