ދުނިޔެ

ލޭރީ ކިންގް މަރު ވެއްޖެ

Jan 23, 2021
2

ބްރޯޑްކާސްޓް ޝޯ ހޯސްޓް ލެޖެންޑް އަދި އެމީ އެވޯޑް ހާސިލް ކޮށްފައިވާ މަޝްހޫރު ލޭރީ ކިންގް މަރުވެއްޖެ އެވެ. ލޮސްއެންޖަލިސްގައި ހުންނަ ސީޑާޒް- ސައިނާއި މެޑިކަލް ސެންޓަރުގައި ފަރުވާ ހޯދަނިކޮށް ކިންގް މަރުވީ އުމުރުން 87 އަހަރު އެވެ.

އެނާ އަކީ ސިޔާސީ ލީޑަރުންނާއި ސެލެބިރިޓީނާއި އިންޓަވިއުކޮށް ހަމަ އެ ފެންވަރުގައި މަޝްހޫރުވެ ދުނިޔޭގެ ސަމާލުކަން އޮތް އަދި މުޅި ދުނިޔޭގައި ވެސް އެންމެ މަގުބޫލް ޓީވީ ހޯސްޓެކެވެ.

ކިންގް ވަނީ ބްރޯޑްކާސްޓް މީޑިއާގައި 60 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކޮށް 50000 އަށް ވުރެ ގިނަ އިންޓަވިއުކޮށްފަ އެވެ. އޭނާ އެންމެ ވިދާލާފައި ވަނީ ސީއެންއެންގައި މަސައްކަތް ކުރި 25 އަހަރު ގތެރޭގައި ގެނެސްދިން "ލެރީ ކިންގް ލައިވް" އިންނެވެ. އެ ޝޯވްގެ 6000 އެޕިސޯޑް އޭނަ ގެނެސް ދިނެވެ.

އޭގެ ފަހުން އޭނާ މަސައްކަތް ކުރަމުން އައި އޯރާ މީޑިއާގަ އެވެ. އޯރާގައި އޭނާ ހުށަހަޅައި ދެމުން އައީ "ލޭރީ ކިންގަ ނައު" އެވެ.

މި މަހު ކުރީ ކޮޅު ކިންގް ކޮވިޑަށް ޕޮޒިޓިވްވި އެވެ. ފަހަކަށް އައިސް ސިއްހީ ގޮތުން ލެރީ ކިންގަ ދަށްވެ ސްޓްރޯކެއް ޖެހުމުގެ އިތުރުން ހިތުގެ މައްސަލަތައް ވެސް ކުރިމަތިވި އެވެ. ކުރިން ބައިޕާސް އޮޕަރޭޝަނެއް ވެސް ކޮށްފައި ވެއެވެ.