ހަބަރު

ފުލުސް ރިޒާވް ފޯހަށް މީހުން ނަގަނީ

Jan 25, 2021
1

ފުލުހުންގެ ސްޕެޝިއަލް ކޮންސްޓެބްލަރީ -- ފުލުސް ރިޒާވް ފޯސް -- ގެ ކޮންސްޓަބަލްގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ސްޕެޝަލް ކޮންސްޓެބުލަރީގެ ވަޒީފާގެ ފޯމު ހުށަހެޅުމުގެ ފުރުސަތު އޮތީ އިއްޔެ އިން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަތް ވަނަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށެވެ.

މި ވަޒީފާއަށް ހުށަހަޅާ މީހާއަކީ ގްރޭޑް 10 ނިންމާފައިވާ 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހެކެވެ. ފިރިހެނެއްނަމަ އިސްކޮޅު ފަސް ފޫޓު ތިން އިންޗި އަށްވުރެ ކުރު ވެގެނެއް ނުވެ އެވެ. އަންހެނެއްނަމަ އިސްކޮޅުގައި މަދުވެގެން ފަސް ފޫޓު ހުންނަން ޖެހެ އެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން، ނުވަތަ ވައްކަން، ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

މީގެ އިތުރުން، ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި، ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުމާއި، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއަކަށް ހިމެނޭ މީހަކު ނަމަ، ވަޒީފާ ހަމަޖެހުމުން އެ ޕާޓީއެއްގެ ރަޖިސްޓްރީ އިން އުނިވާން ޖެހެ އެވެ.

އަދި ސްޕެޝިއަލް ކޮންސްޓެބުލަރީ އަށް ނަގާނީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހަކަށެވެ. ހަށިހެޔޮކަން ދެނެގަތުމަށްދޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވެ މެޑިކަލް އެގްޒަމިނޭޝަނާއި އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާންޖެހެ އެވެ.

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތައް މަސައްކަތް ކުރަން ޖެހޭނީ އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގަ އެވެ.