ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮޅުފުށިން ނުވަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މ. ކޮޅުފުށިން ނުވަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ކޮޅުފުށި އެޗްޕީއޭގެ މޮނިޓަރިންއަށް ގެނެސް، ރަށައް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ.

އެ ރަށް މޮނިޓަރިންއަށް ގެނައީ އެ ރަށުން އައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެމީހާ ބައްޔަށް ޕޮޒިޓިވްވީ 24 ވަނަ ދުވަހުއެވެ. އޭނާ މާލެ އައީ އޭގެ ދެ ދުވަސް ކުރިންނެވެ. އެ ކޭސްއާ ގުޅިގެން އެ ރަށުން ވަނީ 100 ވުރެ ގިނަ ސާމްޕަލް ނަގާފައެވެ. އޭގެ ތެރެއިން ގިނަ ސާމްޕަލްތަކެއްގެ ނަތީޖާ ލިބިފައިވާއިރު ނުވަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ދޮޅު އަހަރު ކުއްޖަކާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު މިހާތަނަށް ރާއްޖެއިން 15،000 ވުރެ ގިނަ މީހުން ބަލި ޖެހިފައިވެއެވެ. މިވަގުތު ގއ. ދެއްވަދޫގައި ބަލި ޖެހިފައިވާ ގިނަ ބަޔަކު އެބަ ތިއްބެވެ. އެ ކްލަސްޓާއާ ގުޅުންހުރި މީހުން ފަސް ރަށެއްގައި ތިބިއިރު ހަތަރު ރިސޯޓެއްގައިވެސް ބަލި ޖެހިފައިވާ ގިނަ މުވައްޒިފުންތަކެއް އެބަ ތިއްބެވެ.