ވިޔަފާރި

މިޔަރާއި މަޑި ހިމާޔަތްކުރުމާބެހޭ ބައިނަލްއަގުވާމީ ބައްދަލުވުން ބާއްވައިފި

Oct 27, 2015

ރާއްޖޭގައި ހިމާޔަތްކޮށްފައިވާ މިޔަރާއި މަޑި ހިމާޔަތްކުރުމާ ބެހޭ ބައިނަލް އަގުވާމީ ބައްދަލުވެއް ރާއްޖޭގައި ބާއްވައިފި އެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާޖީ އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްއާ ގުޅިގެން ކުރިއަށް ގެންދާ މި ބައްދަލުވުން ބާއްވަނީ ފޯސީޒަންސް ލަނޑާގިރާވަރު ރިސޯޓްގަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި މަހުގެ 25-26 އަށެވެ. މި ބައްދަލުވުމަގައި ދިވެހިރާއްޖޭގެ އިތުރުން، ސީޝެލްސް އާއި ސްރީލަންކާގެ ސަރުކާރުގެ ފަރާތުންނާއި އެ ގައުމުތަކުގެ ސައިޓީސްގެ މެނޭޖްމަންޓް އޮތޯރިޓީތަކުން ބައިވެރިވިއެވެ.

މި ބައްދަލުވުން ފައްޓަވައި ދެއްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު ހާފިޒް ވިދާޅުވީ އިންޑިޔާ ކަނޑުގެ ގައުމުތަކުގެ ތެރެއިން މިޔަރު ހިމާޔަތްކުރުމުގެ ގޮތުން އެންމެ ގިނަ ކުރިއެރުންތައް ހޯދައިފައިވާ ގައުމެއް ކަމަށެވެ.

"އެހެން ގައުމުތަކުން ވެސް އިންޑިޔާކަނޑުގެ މިޔަރާއި މަޑީގެ އާބާދީތައް ހިމާޔަތްކުރުމަށްޓަކައި ރާއްޖެ އަޅާފައިވާ ފަދަ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކުރި އެވެ. އަދި ރާއްޖެއިން މިޔަރު ހިމާޔަތްކުރުމުގެ ސަބަބުން ފަތުރުވެރިކަމުގެ ޒަރީއާއިން ރާއްޖޭގެ އިގަތިސާދަށް ގިނަ ފައިދާތަކެއް ކުރާކަންވެސް ހާފިޒްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ،" ހާފިޒް ވިދާޅުވި އެވެ..

ދެދުވަހުގެ ބައްދަލުވުމަގައި މިދާއިރާގެ މާހިރުން، މިޔަރާއި މަޑީގެ އާބާދީތައް މިހާރު ހުރި ހާލަތާއި، އެސޮރުމެންގެ އާބާދީތަކަށް ހުރި ގޮންޖެހުންތަކާ މެދު ވާހަކަ ދެއްކިއެވެ. މިބައްދަލުވުމުގައި މިޔަރާއި މަޑީގެ ބާވަތްތައް ހިމާޔަތް ކުރުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް މައުލޫމާތު ދެވުނެވެ. މިގޮތުން ރާއްޖޭގައި އިޤްތިސާދީ ސަރަޙައްދުގައި 2010 ވަނަ އަހަރުން ފެށިގެން މިޔަރު މަސްވެރިކަން ކުރުން މަނާ ކުރިކަމާއި އަދި މިޔަރު ބެލުމަށްޓަކައި ފަތުރުވެރިން ކުރާ ގިނަގުނަ ފީނުންތަކުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ކުރާ ފައިދާތަކުގެ ވާހަކަތައް ދެކެވުނެވެ.