މާރާމާރީ ހިންގުން

މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ

މާލޭގައި ހެންވޭރުގައި ހުރި ގެއެއްގެތެރޭ މިއަދު ހިނގި މާރާމާރީއެއްގައި މީހަކަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މިއަދު ހަވީރު 5:30 އެހާކަންހާއިރު ހިނގި މާރާމާރީގައި މީހަކަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހާއަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުންނެވެ. އެމީހާގެ ހާލަތާ ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެއެވެ.

މާރާމާރީގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

ވެރިރަށް މާލޭގައި ގްރޫޕް މާރާމާރީތައް މަދުވެފައި އޮތުމަށް ފަހު މިދިޔަ މަހުގެ ފަހު ދުވަހުގެ ރޭ ހަތަރު މާރާމާރީއެއް ވަނީ ހިންގާފައެވެ. އެ މާރާމާރީގައި ބަޔަކަށް އަނިޔާވެ ފަރުވާ ހޯދަން ޖެހުނެވެ. އަދި ކުޑަ ތިން ކުއްޖަކު ހިމެނޭ ގޮތަށް ފަސް މީހަކު ހައްޔަރު ކޮށްފައިވެއެވެ.