މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލޭވިއޭޝަން

ލައިސަންސް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި

Feb 3, 2021
9

އެއްގަމު އުޅަނދުތަކުގެ ޑްރައިވިން ލައިސަންސަށް އެދޭ މީހުނަށް އެ ހިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެގޮތަށް ނިންމީ މިދިއަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިތުރުވެފައި ވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ދެ ހަފުތާއަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެޅުމުންނެވެ.

މި ބަދަލާއެކު އެއްގަމުގައި އުޅަނދުގެ ޑްރައިވިން ލައިސަންސް ދޫކުރުން ވަނީ ހުއްޓާލާފަ އެވެ.