މިނިސްޓްރީ އޮފް ޓޫރިޒަމް

މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ހަދާނެ ބަޔަކު ހޯދަނީ

Feb 4, 2021

ނ. މަނަދޫގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ބީލަމަށް ހުޅުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މަނަދޫގައި ފަތުރުވެރިކަން ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ 132,000 އަކަފޫޓުގެ ބިމުގައި ޓޫރިސްޓް ހޮޓަލެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދަން ބީލަމަށް ހުޅުވާލާ ކަމަށެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 18 ވަނަ ދުވަހު ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވެ މާޗް މަހުގެ 14 ވަނަ ދުވަހު 10 ޖަހާއިރު ޓޫރިޒަމް މިނިސްޓްރީއަށް ހާޒިރުވެ ބީލަން ހުށައެޅޭނެ އެވެ.

މައުލޫމާތު ސާފު ކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް މި މަހުގެ 17 ދުވަހު ޓޫރިޒަމް މިނިސްޓްރީގެ އީމެއިލްކޮށް މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދި ނަމާއި، އީމެއިލް އެޑްރެސް އަދި ގުޅޭނެ ނަންބަރެއް އީމެއިލް ކުރަން ޖެހެ އެވެ. ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް މިނިސްޓްރީގެ ވެބްސައިޓުން ލިބެ އެވެ.