ހަބަރު

ރާއްޖެ ކައިރިއަށް ގޮތްނޭނގޭ ޖައްވީ އޮބްޖެކްޓެއް ވެއްޓެނީ!؟

ދުނިޔެއާ ދިމާލަށް ދަތުރުކުރަމުން އަންނަ ގޮތްނޭންގޭ ޖައްވީ ގުޅަވަރެއް އަންނަ މަހު 13 ވަނަ ދުވަހު ދުނިޔެއަށް ވެއްޓޭނެ ކަމަށާއި މީތި އައިސް ޖެހޭނީ ރާއްޖޭގެ އަވައްޓެރި ސްރީލަންކާ ކައިރިން ކަނޑުތެރެއަށް ކަމަށް ރަޝިޔާގެ ސައިންވެރިން ބުނެފިއެވެ.

މި އެތީގެ ހަގީގަތް ސައިންސްވެރިންނަށް އަދި ސާފުވެފައެއް ނުވެއެވެ. އެކަމަކު މިއީ އިންސާނުން ޖަށްވުގެ ތެރެއަށް ދޫކޮށްފައިވާ ކުނިބުނީގެ ބޮނޑިވަރެއް ކަމަށް ލަފާ ކުރެވެއެވެ. މިގޮތުން ހަތް ފޫޓު ދިގު މި އޮބްޖެކްޓަކީ ހަނދާ ގުޅުންހުރި މިޝަންއެއްގައި ބޭނުންކުރި ރޮކެޓެއްގެ ބައެއް ނުވަތަ 40 އަހަރު ކުރިން އެޕޯލޯ މިޝަން އިން ޖައްވަށް ދޫކޮށްލި އެއްޗަކަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. މި ކަހަލަ ކިތަންމެ ކުންޏެއް ޖައްވީ މިޝަން ތަކުގައި ދޫކޮށްފައި ވިޔަސް މިހާތަނަށް ބެލެވިފައި އޮތީ މިއިން އެއްޗެއް ދުނިޔެއަށް ވެއްޓުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށެވެ.

މި އޮބްޖެކްޓް ވެއްޓޭނެ ސީދާ ޕޮއިންޓް ކަމަށް ރަޝިޔާ ސައިންސްވެރިން ބުނަނީ ސްރީލަންކާގެ ދެކުނުން 65 ކިލޯމީޓަރު ދުރަށް އިންޑިޔާ ކަނޑުތެރެއަށެވެ. އެހެން ކަމަށްވާނަމަ މިއީ ދިވެހި ރާއްޖޭއާ ވަރަށް ކައިރި ހިސާބެކެވެ.

މި އޮބްޖެކްޓާ ބެހޭގޮތުން ވާހަކަ ދެއްކި ސައިންސްވެރިޔަކު ބުނީ އޭތި ދުނިޔެއާއި ދިމާލަށް ދަތުރުކުރަމުން އަންނަނީ ވަރަށް ބާރު ދުވެއްޔެއްގައި ކަމުން ދުނިޔެއާ ހަމައަށް ވާސިލުވާއިރު ހޫނުވެގެންގޮސް އޭގެން ބައެއް އަނދައިގެން ދިއުން ވެސް އެކަށީގެން ވާ ކަމަށެވެ.

ޔޫރަޕިއަން ސްޕޭސް ސްޓޭޝަނުން ބުނީ މި އޮބްޖެކްޓް ވެއްޓެން އަދި ދެތިން ހަފްތާ އޮތްއިރު އެފަރާތުންވެސް ގެންދަނީ މި އޮބްޖެކްޓް ދަތުރުކުރަމުން އަންނަ ގޮތް ބަލަމުން ކަމަށެވެ. އަދި ގައުމުތަކަށް އިންޒާރުކުރަން ޖެހޭފަދަ އެއްވެސް ސަބަބެއް އޮތްނަމަ އެކަން ކުރާނެ ކަމަށެވެ. މި އޮބްޖެކްޓް ވެއްޓޭ ހިސާބަށް ބަލާއިރު މިކަމަށް ސަމާލުވާން ޖެހޭނެ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ލަންކާއާއި އންޑިޔާ ހިމެނެއެވެ.